ރޯދައަށް ހުޅުމާލޭގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައެއް ހުޅުވައިފި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ޕީޕަލްސް ޗޮއިސްގެ ހުޅުމާލޭ އައުޓްލެޓް ރަސްމީކޮށް ރޭ ހުޅުވައިފިއެވެ. މި އައުޓްލެޓް ހުޅުވުމަށް ރޭ ވަނީ ހުޅުމާލޭ ޕީޕަލްސް ޗޮއިސް އައުޓްލެޓްގައި ޚާއްސަ ހަފުލާއެއް ބާއްވާފައެވެ. އެ ހަފުލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ އިކޮނަމޮކް މިނިސްޓަރު މުހައްމަދު ސަޢީދެވެ. އެސްޓީއޯއިން ބުނީ، މި އައުޓްލެޓަކީ ރަމަޟާން މަހާއި ގުޅިގެން ހުޅުވުނު އައުޓްލެޓެއް ކަމުގައި ވިޔަސް ކުރިއަށް އޮތް ތަނުގައި ވެސް މި އައުޓްލެޓްގެ ޚިދުމަތް އާމުންނަށް ލިބޭނެ ކަމަށެވެ. އެ ކުންފުނިން ބުނީ، ހުޅުމާލޭގައި…



