އަމާޒަކީ ސިޔާސީ މަގާމުތައް މަދުކޮށް، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ދަށްކުރުން: ރައީސް
ބޭނުންފުޅުވަނީ ސިޔާސީ މަގާމުތަކުގެ އަދަދު ވީ އެންމެ މަދުކުރަން ކަމަށާއި ކުންފުނިތަކުން ވެސް 33 އިންސައްތަ މުވައްޒަފުން މަދުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އައްޔަންކޮށްފައި ތިބި ސިޔާސީ މުވައްޒަފުންގެ ތެރެއިން ޕާފޯމަންސްއަށް ބެލުމަށް ފަހު، ވީ އެންމެ ގިނަ މުވައްޒަފުންނެއް ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެކަމަކު، އެކަން ކުރާނީ ވަކި އަދަދެއް ހަމަކުރަން ނޫން ކަމަށް އެ މަނިކުފާނު…





