ވެރިކަން ކުރާ، ޕާޓީ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުޙީ އައްޔަންކޮށްފި އެވެ.
ކޮންގްރެސް ޕާޓީން މިކަން އިއުލާނުކޮށްފައިވަނީ މިއަދު އެ ޕާޓީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.ފަތުހީ އަކީ ކެބިނެޓަށް މިދިޔަ ހަފުތާގައު ގެނައި ބަދަލާ އެކު އުވައިލި ލޯކަލް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މުއާޒު ހަލީމް މި މަހުގެ 18 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މުއާޒު ހަލީމަކީ މިހާރު ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅާއެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މުއާޒު ސޯޝަލް މީޑިއާގައި ވިދާޅުވީ، ޕާޓީގެ އިދާރީ ހިންގުމުގެ އިސް ޒިންމާތަކުން ދުރަށް ވަޑައިގެންނެވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ނެރޭ ޕާޓީއަކަށް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވަން ބޭނުންވާތީ ކަމަށެވެ.








