މުޖުތަމައު ހޭލުންތެރި ކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން އިންތިޒާމް ކޮށްގެން ހިންގާ 'ހޭލުންތެރި މީޑިއާ' ގެ މާލެ އަތޮޅު ޕްރޮގްރާމް ފަށައިފިއެވެ.
މި ޕްރޮގްރާމަކީ މި މަހުގެ 22 އިން 23 އަށް ކ. ތުލުސްދޫގައި ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ކ. އަތޮޅުގެ ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނާއި ނޫސްވެރިންގެ އިތުރުން ބައެއް ޖަމިއްޔާތަކުގެ މެންބަރުން ބައިވެރިވެއެވެ.
އެގޮތުން ތުލުސްދޫ، ދިއްފުށި، ހިންމަފުށި، ހުރާ، ގުޅި އަދި މާފުށިން ޖުމްލަ 23 ބައިވެރިން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ޕްރޮގްރާމްގެ މަގްސަދަކީ ބައިވެރިންގެ މެދުގައި ނޫސްވެރިކަމާ ގުޅޭ އެކި ދާއިރާތަކުން ހޭލުންތެރިކަން އިތުރުކުރުމެވެ. އެގޮތުން، ނޫސްވެރިކަމާއި ނޫސްވެރިކަމުގެ އަހްލާގް، ނޫސްވެރިކަމުގެ ވައްތަރުތަކާއި ލިޔުންތެރިކަމުގެ ވައްތަރުތައް، ދިވެހިރާއްޖޭގެ ތަރައްގީގައި ނޫސްވެރިންގެ ދައުރު، ތަހްގީގީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާރނަލިޒަމް، އެކި އެކި ފިކުރުތަކާއި ނޫސްވެރިކަން އަދި ނޫސްވެރިކަމުގެ ބަސްމަގު ފަދަ މުހިންމު މައުލޫއުތަކާ ގުޅޭގޮތުން މައުލޫމާތު ދެވެއެވެ.
މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ނޫސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް މި ޕްރޮގްރާމްގައި މަޝްވަރާކުރެވޭނެއެވެ. ހާއްސަކޮށް، އަސްލާ އެއްގޮތް ހަބަރުތަކާއި އޭއައި ޖެނަރޭޓަޑް ހަބަރުތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދެވުނެވެ.
ވުޒާރާގެ ފަރާތުން މި ޕްރޮގްރާމާ ގުޅޭގޮތުން ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، "މި ޕްރޮގްރާމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ބައެއް" ކަމަށެވެ.