ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ ބަރަކާތްތެރިކަން އެންމެ ބޮޑު ދުވަސްތައް، ސާލިހު އަމަލުތައް ގިނަ ކުރޭ: ޚުތުބާ
ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ މި ދުނިޔޭގައި ލައްވައިފައިވާ އެންމެ މާތް ދުވަސްތައް ކަމަށާއި، އެ ދުވަސްތަކުގައި ޞާލިޙު އަމަލުތައް ގިނަކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ. "ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން" މިމައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ބުނީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި މާތް ﷲ މިމަތިވެރި އިސްލާމްދީން ފުރިހަމަ ކޮށްދެއްވުން ހިމެނޭކަމަށެވެ. ޚުތުބާގައި ބުނީ މާތްﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތައް…