މަސްތުވާތަކެތީ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެއިން ބަޔަޖު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ މި މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަަލައިފާސްކޮށް ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް ދެ އެޕާޓްމަންޓު ބަލައިފާސް ކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.08 ގުރާމުގެ ތަކެއްޗާއި ފަސް ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރުތުތަކެއް ކުރުމަށް ފަހު އެކަކު ވަނީ ދޫކޮށްލައިފަ އެވެ. އަދި އަނެއް ތިން މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވެ އެވެ. އެއީ މ. އާރު މުޙައްމަދު ލަޔާން އަހުމަދު، 21، އާއި މ. މުލައް، ކޮކާހަނދުވަރު، ޢަލީ ނާޒިމް، 40، ގެ އިތުރުން މ. މޯނިން ވިޔު ޢަލީ ނާވީ ނިޔާޒު، 23، އެވެ.
މި މީހުންގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.