ހުރާގައި ހުރި މޮނިއުމަންޓަށް ގެއްލުން ދިން މައްސަލައެއް ބަލަނީ
ކ. ހުރާގައި ހުރި މޮނިއުމަންޓަށް ގެއްލުން ދިން މައްސަލައެއް ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ ހުރާގައި ހުރ މޮނިއުމަންޓަށް ގެއްލުން ދިން މައްސަލަ އޮގަސްޓު 4 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާއިރު، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ހުރާ ކައުންސިލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުރާ ބަނދަރުގައި…