ލ. ގަމުގައި ހިންގި މާރާމާރިއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ގަމުގައި ދެ ބައެއްގެ މެދުގައި ހިންގި ހަމަނުޖެހުމެއްގައި މާރާމާރީ ހިންގާފައިވާ މައްސަލަ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަަމަށް ފުލުހުން ބުންޏެވެ. އެއީ 29 އަހަރުގެ ތިން ފިރިހެނުންނާއި 35 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ. މި އެންމެނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
+1
+1
+1
+1
+1
+1