ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ ބޭފުޅަކު އައްޔަން ކުރަން ފާސްކޮށްފި
ޓެކްސް އެޕީލް ޓްރައިބިއުނަލަށް އަލްއުސްތާޛް އިބްރާހިމް އަފީފާއި އަލްއުސްތާޛާ ޝައުފާ އިބްރާހިމް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ދެ މެންބަރެއްގެ މަގާމު ހުސްވެފައިވާތީ އެ މަގާމުތަކަށް އާންމުކޮށް ހުޅުވާލުމަށްފަހު ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން 7 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. މި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމުގެ މަރުހަލާގައި ރައީސް ނަން ފޮނުއްވެވި ބޭފުޅުންނާ އިންޓަވިއުކޮށް، މާކްސް ވަނީ ދީފައެވެ. ޖުޑީޝަރީ ކޮމިޓީން…