ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އާ އެކު ސޮއިކޮށްފިއެވެ.
17 ރަށެއްގައި ކުރިއަށްގެންދާ 20 ކުޅިވަރު މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު ދިލްޝާން ޢަބްދުﷲ. އަދި ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)ގެ ފަރާތުން ސޮއިކުރައްވީ ސިވެކްގެ މެނޭޖިން ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބެއިރުއެވެ. ރޭ ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:
1- އދ. ފެންފުށި ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުން.
2- އދ. އޮމަދޫ ހޭންޑްބޯޅަ ކޯޓު ޤާއިމްކުރުން.
3- ބ. ކަމަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުން.
4- ފ. ދަރަނބޫދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން.
5- ފ. ދަރަނބޫދޫ ވޮލީކޯޓު ޤާއިމްކުރުން.
6- ގއ. ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކުރުން.
7- ހއ. ދިއްދޫ ސްވިމިން ޓްރެކް ޤާއިމްކުރުން.
8- ހދ. މަކުނުދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން.
9- ހދ. ނެއްލައިދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުން.
10- މ. ވޭވަށް ފުޓްސަލް ދަނޑު ތަރައްޤީކުރުން.
11- ނ. ހޮޅުދޫ މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ޤާއިމްކުރުން.
12- ނ. ކެނދިކުޅުދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުން.
13- ނ. ޅޮހި ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުން.
14- ނ. ޅޮހި މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ޤާއިމްކުރުން.
15- ނ. ޅޮހި އައުޓްޑޯ ވޮލީކޯޓު ޤާއިމްކުރުން.
16- ނ. މަގޫދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން.
17- ނ. މަނަދޫ އައުޓްޑޯ ވޮލީކޯޓު ޤާއިމްކުރުން.
18- ނ. މިލަދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމްކުރުން.
19- ނ. ވެލިދޫ މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ޤާއިމްކުރުން.
20- ވ. ފުލިދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުން.








