ސިވިލް ސާވިސްގެ އަންހެން މުވައްޒަފުން ހެދުން އަޅަންޖެހޭނީ ފަލަމަސްގަނޑާ ހަމައަށް!
ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް އަންހެން މުވައްޒަފުން ރަސްމީ މަސައްކަތަށް ނުކުންނައިރު ހެދުން ވަކި މިންވަރަކަށްވުރެ ކުރުނުވާގޮތަށް ލާޒިމްކޮށް، ގަވާއިދު އިސްލާހުކޮށްފި އެވެ. މިއަދު އާންމު ކުރި އާ ގަވާއިދުގައިވާ ގޮތުން ރަސްމީ މަސައްކަތަށް އަންހެން މުވައްޒަފުން ނުކުންނަ އިރު ލާން ޖެހޭނީ، ފޫކޮޅު ނިވާވެ، ދެ އިންޗި އަށް ވުރެ ކުރު ނޫން ހެދުމެކެވެ. އާއްމުންނަށް ހިދުމަތް ދޭން އޮފީހަށް ނުކުންނައިރު، އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ނުވަތަ ހަށިގަނޑު ނިވާ ނުވާ ގޮތަށް…









