އިރާންގެ ވެރިކަމާ ނައިބު ރައީސް މުހައްމަދު މުޚްބިރު ހަވާލުވެވަޑައިގެންފި
އިރާންގެ ރައީސް ޑރ އިބްރާހިމް ރައިސީ އަވަހާރަވުމާ ގުޅިގެން އެކަން ރަސްމީކޮށް އިއުލާންކުރުމަށްފަހު ވެރިކަން ނައިބް ރައީސް ޑރ. މުހައްމަދު މުޚްބިރާ ހަވާލުކޮށްފި އެވެ. އުމުރުން 69 އަހަރުގެ ޑރ. މުހައްމަދު މުޚްބިރަކީ 1980 ގެ އަހަރުތަކުގައި އީރާނާއި އިރާގާ ދެމެދު ހަނގުރާމަ ހިނގި ދުވަސްވަރު އީރާން ސިފައިންގެ ތެރޭގައި އޮފްސަރެއްގެ މަގާމުގައި ޚިދުމަތް ކުރެއްވި އަސްކަރީ ގާނޫނީ އަދި އިންޖިނޭރިން މިދާއިރާތަކުގެ ބެކްގްރައުންޑް ހުރި ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. މީގެއިތުރުން ސިނާ ބޭންކްގެ ޗެއާމަން ކަމާއި…