މަރުވި އީރާންގެ ނިއުކްލިއަރ ސައިންޓިސްޓުންގެ އަދަދު 14އަށް!
ބުރާސްފަތި ދުވަހުން ފެށިގެން އިޒްރޭލުން އިސްވެ އީރާނަށް ދެމުން ގެންދާ ހަމަލާތަކުގައި މަރުވި އީރާނުގެ ނިއުކްލިއަރ ސައިންޓިސްޓުންގެ އަދަދު 14 އަށް އަރައިފި އެވެ. އިޒްރޭލުން މަރާލި އީރާނުގެ ނިއުކްލިއަރ ސައިންޓިސްޓުންގެ ތެރޭގައި ކާރުބޮމުގެ ހަމަލާގައި މަރުވި ދެމީހުން ވެއެވެ، އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމުގައި ހިމެނޭ އިސް ފަރާތްތައް ވެސް ހިމެނއެވެ. އޭގެ ތެރޭގައި އީރާނުގެ އެޓޮމިކް އެނަޖީ އޯގަނައިޒޭޝަން (އޭއީއޯއައި)ގެ ކުރީގެ ލީޑަރު ފެރިދޫން އައްބާސީީ އާއި ތެހެރާނުގެ އިސްލާމިކް އާާޒާދު ޔުނިވަސިޓީގެ ރައީސް…