ދެކުނު އެފްރިކާއިން ދެ ފްލައިޓެއްގައި އެމްސްޓަރޑަމް އަށް ދިޔަ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ދެކުނު އެފްރިކާއިން ދެ ފްލައިޓެއްގައި އެމްސްޓަރޑަމް އަށް ދިޔަ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޑް 19 އަށް ޕޮޒިޓިވްވި 61 މީހުން ވަނީ ޝިޕޯލް އެއަރޕޯޓާ ކައިރި ހޮޓަލެއްގައި އައިސޮލޭޓްކޮށްފައެވެ. އަދި ނެދަރލޭންޑްސްގެ ކަމާބެހޭ ފަރާތްތަކުން މިވަގުތު ދަނީ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އޮމިކްރޮން ވައިރަސްގެ ބަލި މީހަކު ހުރިތޯ ބަލަމުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ސައުތު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްގެ ފުރަތަމަ ކޭސް ފެނިފައިވަނީ…