މިލަންދޫގައި ޑްރަގް ވިޔަފާރިކުރަމުންދިޔަ ތިން މީހަކު ހައްޔަރުކޮށްފި
ށ. މިލަންދޫގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ތިން މީހުން ހައްޔަރުކޮށްފިއެވެ. މިގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ / ވެނީލާހައުސް، އަޙްމަދު ޢާލިމް (32އ) އާއި ށ. މިލަންދޫ / އިރުމަތީގެ، މުޙައްމަދު ސާމިރު (37އ) އާއި ށ. މިލަންދޫ / ތަބުރުމާގެ، މުޙައްމަދު ނަޖާހު (29އ) އެވެ. މި ތިން މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ 12 ދުވަސް ޖަހައިފައެވެ. ފުލުހުން ބުނީ މޭ 27…