ފިރިހެނަކު މޫނު ބުރުގާ އަޅައިގެން ވައްކަންކޮށްފި
ފިރިހެނަކު މޫނު ބުރުގާ އަޅައިގެން މާލޭގެ ފިހާރައަކަށް ވަދެ، 67،500 ރ. ގެ ގަޑިއެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ. އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އައްޑޫ ހުޅުދޫ، އަބުލަޣީގެ މުހައްމަދު ސިމާދު، 47، އެވެ. އޭނަގެ މައްޗަށް ފުލުހުން ކުރަނީ 67،500ރ. ގެ އަގުހުރި "އޮމެގާ" ބްރޭންޑްގެ ގަޑިއެއް ވަގަށް ނެގިކަމުގެ ތުހުމަތެވެ. ކޯޓުގައި ފުލުހުން ބުނެފައި ވަނީ ގަޑި ވަގަށް ނެގީ ތިން މީހަކު ގުޅިގެން ކަމަށެވެ. ސިމާދުގެ ބަންދާ މެދު ގޮތެއް…