ނިމާލަށް ސްޓްރޯކެއް ޖެހި ފަރުވާ ދެނީ
ކުޅަދާނަ އަދި ތަޖުރިބާކާރު ފިލްމް ޑައިރެކްޓަރު އަހްމަދު ނިމާލަށް ރޭ ސްޓްރޯކެއް ޖެހި އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ. ސްޓްރޯކް ޖެހުމާ ގުޅިގެން ނިމާލަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލް ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިމާލްގެ ހާލު ސީރިއަސް އެވެ. ރާއްޖޭގެ ފިލްމީ ދާއިރާގައި ގިނަ ފިލްމުތަކެއް ކުޅެ އަދި ގިނަ ފިލްމުތަކެއް ޑައިރެކްޓްވެސް ކޮށްފައިވާ ނިމާލަކީ ކުޅަދާނަ ޑައިރެކްޓަރެއްގެ އިތުރުން އެކްޓަރެއް، އެޑިޓަރެއް، ލިޔުންތެރިއެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ. އޭނާ ޑައިރެކްޓުކޮށްފައިވާ ފިލްމުތަކުގެ…




