މެޓް އޮފީހުގެ އައު ބްރޭންޑިންގ އިފްތިތާޙްކޮށްފި
ރާއްޖޭގެ ޤައުމީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) ގެ އައު ބްރޭންޑިންގ އިފްތިތާޙްކޮށްފިއެވެ. މިގޮތުން މެޓް އޮފީހުގެ އައު ބްރޭންޑިންގ އިފްތިތާޙްކޮށްފައިވަނީ އިއްޔެއެވެ. މެޓް އޮފީހުން ބުނީ މިއީ އެ މުއައްސަސާއިން ފޯރުކޮށްދޭ މޫސުން، ކްލައިމެޓް އަދި ބިންހެލުމާއި ސުނާމީ އަދި ދުރާއިންޒާރީ މަޢުލޫމާތުތައް ތަރުތީބުކޮށް އެއް ބައްޓަމަކަށް ހުށަހަޅައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ކަމަކީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީގެ…









