އެމްއައިބީއާއެކު ޑީއާއެންއާރް އިން އެއްބަސްވުމެއް
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބަލަހައްޓަމުން އަންނަ ދިވެހިރައްޔިތުންގެ މަޢުލޫމާތު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ހިއްސާކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ އެވެ. މި އެއްބަސްވުމުގެ މަޤްސަދަކީ، ބޭންކުގެ ޚިދުމަތް ހޯދާ ކަސްޓަމަރުންގެ މަޢުލޫމާތު، ޑީއެންއާރްގެ އޭޕީއައި ލިންކް މެދުވެރިކޮށް ވެރިފައިކުރުމެވެ. އެގޮތުން ޑީއެންއާރް އިން ބަލަހައްޓަމުން ގެންދާ މަޢުލޫމާތު ވެރިފައިކުރުމުން، ބޭންކުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށް ދެމުން ގެންދާ ޚިދުމަތްތައް އަވަސްވެ އަދި ހަރުދަނާ…









