އިސްރަށްވެހިންނަށް ގަސްއިންދަން ދަސްކޮށްދިނުމުގެ ޕުރޮގުރާމެއް ހިންގަނީ
މޯލްޑިވްސް އޮސްޓްރޭލިއާ އެލުމްނައި އާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން، ކޮމިއުނިޓީ ގާރޑްނިންގެ ނަމުގައި ގަސްއިންދަން ދަސްކޮށްދިނުމުގެ ޕުރޮގުރާމެއް ފަށައިފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ޕުރޮގުރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުން ޖުލައި 9 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހެއްގެ ހަވީރު 16:00 އިން 17:30 އަށް އިސްރަށްވެހިންގެ ނާދީގައެވެ. މި…