ތަރިކައިގެ ބައެއް ބިނާތައް ބެލެހެއްޓުމަށް ވެމްކޯ އާއި އެކު އެއްބަސްވުމެއް
ރާއްޖޭގެ ތާރީޚީ ބައެއް ބިނާތައް ސާފުކޮށް ބަލަހެއްޓުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބައެއް އަމަލީ އެހީތެރިކަން ދެއްވަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ވުޒާރާއާ އެކު ފަހުމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ. މި ފަހުމުނާމާގައި ސޮއި ކުރުން އޮތީ އިއްޔެ މިކަމަށްޓަކައި ވެމްކޯގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން މި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޔާނިޢު ހާޝިމެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.…