ތިން ނޮން-ރެޒިޑެންޓް ސަފީރުންނަށް ރުހުން ދީފި
ސްވިޑަންއާއި ސީޝެލްސް އަދި އޮސްޓްރިއާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ. ސްވިޑަންއާއި ސީޝެލްސް އަދި އޮސްޓްރިއާއަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ވޯޓު ވަނީ ނަގާފައެވެ. މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގި ވޯޓުގައި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރައްވަން ފާސްވެފައިވަނީ 71 މެންބަރުންގެ ވޯޓުންނެވެ. ސްވިޑަންއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް…