ގައްދޫން ހުޅުމާލެއަށް ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަނީ
ގދ. ގައްދޫން ހުޅުމާލެއަށް ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ 2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު ގދ. ގައްދޫން ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ގެއްލިފައިވާ ކަމަށެވެ. އަދި ދޯނި ގެއްލުނުއިރު ދޯނީގައި ތިބީ 5 މީހުން ކަމަށާއި، އެއީ 3 ދިވެހިންނާއި 2 ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން، ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28…