ޕީސީބީގެ ރައީސް އަނަސް އަށް ރުހުން ދީފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ، ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސްއަށް ރައްޔިތުންގެ މަޖިލީހުން ރުހުން އޮތްކަމަށް ފާސްކޮށްފިއެވެ. އަނަސްއަށް ރުހުން އޮތްކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ ވޯޓުންނެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް އަނަސް އައްޔަންކުރެއްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އެ މަޤާމަށް އޭނާ ޢައްޔަންކުރައްވައ،ި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލ،ަ ދިރާސާކުރެއްވީ މަޖިލީހުގެ އެސްއޯއީ ކޮމިޓީންނެވެ.…