ރައީސް، އެންފީލްޑް ފުޓުބޯޅަ ސްޓޭޑިއަމަށް ޒިޔާރަތްކުރައްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ލިވަރޕޫލްގެ އެންފީލްޑް ފުޓުބޯޅަ ސްޓޭޑިއަމަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސް އޮފީހުން ހާމަކުރައްވާ ގޮތުގައި ރައީސް ވަނީ މި ޒިޔާރަތުގައި އެ ދަނޑުގެ ޓުއަރއެއް ނަންގަވައިފައެވެ. އަދި ދަނޑުގެ ތާރީޚާއި މުހިންމު ތަންތަނާ ބެހޭގޮތުން ސްޓޭޑިއަމްގެ އިސް އޮފިޝަލަކު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު އަރުވައިފައެވެ. ރައީސުލްޖުމްހޫރިއްޔާ އިނގިރޭސި ވިލާތަށް ކުރައްވާ މި ޒިޔާރަތަކީ، އެޤައުމުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)…