ރައީސަށް މެލޭޝިއާއިން ރަސްމީކޮށް މަރުޙަބާ ދަންނަވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މެލޭޝިއާ ސަރުކާރުން ރަސްމީ ގޮތުން މަރުޙަބާ ދަންނަވައިފިއެވެ. ރައީސް ޕުތުރަޖަޔާއަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. އަދި އެއަށްފަހު މެލޭޝިއާގެ އަސްކަރީން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެފައިވެއެވެ. މި ރަސްމިއްޔާތުގައި، ރައީސް ޑރ. މުޢިއްޒަށް މެލޭޝިއާގެ އިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމަށްފަހު، ދިވެހި ވަފުދުގެ ބޭފުޅުން ބޮޑުވަޒީރު އަންވަރް އިބްރާހީމަށް…