ރައުދު ހައްޔަރުކުރަން ފުލުހުން ކޯޓު އަމުރަކަށް އެދިއްޖެ
މާލޭގެ އިމާރާތަކުން ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުމާ ހަމައަށް އޭނާއާ އެކު އެންމެ ގާތުގައި އުޅުނު ގ. އެރިއަދޫ، ރައުދު އަހްމަދު ޒިލާލު 21، ހައްޔަރު ކުރަން ފުލުހުން ކޯޓު އަމުރަކަށް އެދިއްޖެ އެވެ. ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިއެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، އަންހެން މީހާ ވެއްޓުނު މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމުން "ކޮރޮބޮރޭޓް ކުރުމުގައި" މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ. ރައުދުގެ ވާހަކަތަކުގައި ފުށުއެރުންތައް ހުރުމުން އޭނާ…