ޔޫރިން ސާމްޕަލް ނުދިން މީހުންގެ މައްސަލަ ތަހުގީގުކުރަން ޕީޖީ އަންގައިފި
މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގުގައި ބައެއް މީހުން ކުޑަކަމުދާތަކެތީގެ ސާމްޕަލް ނުދިން މައްސަލަ ތަހުގީގުކޮށް، ދައުވާކުރަން ފޮނުވަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ. ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގައި ފުލުހުންގެ އެއްވެސް އޮފިސަރަކު ގާނޫނަކާ ނުވަތަ އިޖުރާއާތަކާ ހިލާފަށް އަމަލުކޮށްފައިވޭތޯ ބެލުމަށާއި، ފުލުހެއްގެ އިހުމާލެއް ފާހަގަކުރެވިއްޖެނަމަ އެކަމަށް ފިޔަވަޅު އެޅުމަށް…