ފުވައްމުލަކު ކުނި މެނޭޖުކުރާ މަރުކަޒުގެ ބިންގާ އަޅައިފި
ފުވައްމުލައް ސިޓީގައި ޤާއިމްކުރާ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒުގެ ބިންގާ އަޅައިފިއެވެ. ފުވައްމުލަކުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި މިމަސައްކަތް އިފްތިތާޙް ކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް އިބްރާހީމެވެ. އަދި އަރިހުގައި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރާއި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ސިޓީގެ ދާއިރާތަކުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި އަހަރުގެ ރިޔާސީ…









