ޑްރަގާ އެކު އަތުލައިގަތް ލަންކާގެ ބޯޓު ފުލުހުންނާ ހަވާލުކޮށްފި
ރާއްޖެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ހަރަކާތްތެރިވަމުން ދަނިކޮށް، ދިވެހި ސިފައިން އަތުލައިގަތް ސްރީލަންކާގެ މަސްބޯޓު ފުލުހުންނާ ހަވާލުކޮށްފި އެވެ. އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުނު ސްރީލަންކާގެ މަސްބޯޓާއި، އެ ބޯޓުން ފެނުނު މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑްރޯން ބޭނުންކޮށްގެން ހިންގި ސަވައިލަންސެއްގައި އަތުލައިގަތް އެ މަސް ބޯޓުގައި ހުރީ 300 ކިލޯގެ ހެރޮއިން އާއި ކްރިސްޓަލް…









