ވަގަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުން ހުއްޓުވަން އޮސްޓްރޭލިއާގެ އެހީ ހޯދަނީ
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ އެކު, ރާއްޖެއަށް ވަގަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުން އިތުރުވެފައިވާއިރު, އެކަން ހުއްޓުވުމަށް އެކުގައި މަސައްކަތް ކުރުމަށް ދިވެހި ފުލުހުންނާއި އޮސްޓްރޭލިއާ ފުލުހުންނާ ދެމެދު މަޝްވަރާކޮށްފިއެވެ. ފުލުހުން ބުނީ, މޮރޮކޯ މަރަކޭޝްގައި މިހާރު ކުރިއައްދާ 93 ވަނަ އިންޓަޕޯލް ޖެނެރަލް އެސެމްބްލީގެ ތެރެއިން, ރާއްޖޭގެ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް (އޭއެފްޕީ)ގެ ކޮމިޝަނަރު ކްރިސީ ބެރެޓްއާ ބައްދަލު ކުރައްވާފައި ކަމަށެވެ. މި ބައްދަލު ކުރެއްވުމުގައި އެ…









