މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ‘ސްޓޭބަލް’ އަށް ބަދަލުކޮށްފި
ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ ކަމުގައިވާ މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އައުޓްލުކް 'ނެގެޓިވް' އިން 'ސްޓޭބަލް' އަށް ބަދަލުކޮށްފި އެވެ. ނަމަވެސް، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އަދިވެސް ވަނީ ސީއޭއޭ2 ގައި ދެމެހެއްޓިފަ އެވެ. މޫޑީޒްއިން ވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްފަ އެވެ. މޫޑީޒްއިން ބުނި ގޮތުގައި، މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު ވެސް، ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ކުރުމެއް ނެތި…









