ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ: ހާލު ސީރިޔަސްވި ދިވެހި ޒުވާނާ ނިޔާވެއްޖެ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރު ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބުނު ދިވެހި ޒުވާނާ ނިޔާވެއްޖެއެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ ގއ. ގެމަނަފުށި/ ދިލްބަހާރުގެ، އުމުރުން 25 އަހަރުގެ އަލީ އަފްލާހު އަބްދުﷲ އެވެ. އެ ޒުވާނާގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު ސަހަރާ މިސްކިތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހާދިސާގައި ބަންގްލަދޭޝް އަށް ނިސްބަތްވާ ބިދޭސީއަކު ވެސް ނިޔާވެފައިވެ އެވެ. ފުލުހުން ބުނީ ކޮޅުވެއްޓީގައި…









