ލަންކާއިން ހަބަރެއް ނުވެގެން ހޯދަމުންދިޔަ ދިވެހި އާއިލާ ފެނިއްޖެ
ސްރީ ލަންކާގެ ނުވަރަލިޔާއަށް ގޮސް އުޅެނިކޮށް، ހަބަރެއް ނުވެގެން ހޯދަމުންދިޔަ ދިވެހި އާއިލާ ފެނިއްޖެއެވެ. ލަންކާ އެމްބަސީއިން ބުނީ އެ އާއިލާގެ ހަބަރެއް ނުވެފައިވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން މުއާސަލާތު ނުކުރެވުމުގެ ސަބަބުން ކަމަށާއި ނަމަވެސް މިހާރު އެ އާއިލާގެ ޚަބަރު ވެފައިވާ ކަމަށެވެ. އަދި އެ އާއިލާގެ އެންމެންގެވެސް ހާލު ރަނގަޅުކަމަށް ބުންޏެވެ. ލަންކާ ކައިރީގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، އެ ގައުމުގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ވެސް ކެނޑިފައެވެ. ސްރީލަންކާގައި މިވަގުތު…









