ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް ކުރިން ދިން އިނާޔަތް ކުޑަކުރަނީ
ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ ބޭފުޅުންނަށް، ދައުލަތުން މަހަކު 25،000ރ. ގެ އިނާޔަތެއް ދިނުމާ ގުޅޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މި އިސްލާހު ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމައު އަށް ފައިދާހުރި އިޖުތިމާއީ މަސައްކަތެއް ކުރުމަށްޓަކާ އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނެ އޮފީހަކާއި، މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކާ މަހަކު…









