300 އަށްވުރެ ގިނަ ގާލްގައިޑް ދަރިވަރުންނަށް އެމްއެންޑީއެފް އިން އައުޓްޑޯރ ޗެލެންޖެއް

އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން އިންތިޒާމުކޮށްގެން، 23 ވަނަ ގާލްގައިޑް ކޭމްޕުގެ ދަރިވަރުންނަށް ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި އައުޓްޑޯރ ޗެލެންޖެއް ކުރިއަށްގެންގޮސްފިއެވެ. އެމްއެންޑީއެފްއިން ބުނެފައިވާގޮތުގައި ހޯމަ ދުވަހު، ދެ ދެންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އައުޓްޑޯރ ޗެލެންޖުގައި ރާއްޖޭގެ އެކި ސްކޫލުތަކުން 302 ކުދިން ވަނީ ބައިވެރިވެފައެވެ. “ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ވާދަވެރި ރޫހެއްގައި ޓީމް ބިލްޑިންގ އަދި ލީޑަރޝިޕް ހުނަރުތައް އެކްސަސައިޒް ކުރުމަށް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ މަޤްސަދުގައި ބޭއްވި މި އައުޓްޑޯރ ޗެލެންޖުގައި…