އެޗްޑީއެފްސީގެ އެމްޑީއަކަށް ޒީނާދު

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ޒީނާދު އައްޔަނުކޮށްފިއެވެ. ކުރީގެ ސަރުކާރުގައި 2019 ވަނަ އަހަރު އެސްއެމްއީ ޑިވޮލެޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އުފައްދައި، ކުދި ވިޔަފާރިތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރގެ މަގާމުގައި ވެސް ޒީނާދު ވަނީ އަދާކުރައްވާފައެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހެޑް އޮފް ގަވަމެންޓް ލޯން ސްކީމްސްގެ މަގާމާއި ހެޑް އޮފް ބިޒްނަސް ބޭންކިންގެ މަގާމު…