އީފާސް ޑިޖިޓަލް އައިޑީއަކީ ޚިދުމަތް ދިނުމަށް ބޭނުންކުރާ މުހިންމު ވަސީލަތަކަށް ހަދާނަން: ޑރ. ކިނާނަތު

އީފާސް ޑިޖިޓަލް އައިޑީ އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ޑިޖިޓަލްކޮށް ޚިދުމަތް ދިނުމަށް ބޭނުންކުރާ މުހިންމު ވަސީލަތަކަށް އީފާސް ހައްދަވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ އަލަށް އެކުލަވާލާ ޑިޖިޓަލް އައިޑެންޓިޓީ ބިލަށް ޚިޔާލު ހޯދަން ބާއްވާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގަ ވާހަކަ ދައްކަވަމުންނެވެ. ދިވެހިރާއްޖޭގެ ޑިޖިޓަލް އައި.ޑީ ބިލްގެ ފުރަތަމަ ޑްރާފްޓަށް މަޝްވަރާ ކުރުމަށް ސްޓޭކްހޯލްޑަރުންގެ މެދުގައި ބޭއްވި ބައްދަލުވުމުގައި…