މުންއިމް އަލުން ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކުރައްވައިފި

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަންކުރިތާ ތިން ދުވަސް ފަހުން މަގާމުން ވަކިކުރި ޏ. ފުވައްމުލައް މިސްކިތްމަގު, މާވޭދު، މުންއިމް އަނީސް އަނެއްކާވެސް އެ މަގާމަށް އައްޔަންކުރައްވައިފި އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މުންއިމް މަގާމަށް އައްޔަންކުރެއްވުމަށްފަހު ވަކި ކުރި ވަކި ސަބަބެއް އޭރު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އަލުން މުންއިމް އައްޔަންކުރައްވާފައިވާ ކަމަށް ހާމަކުރެއްވީ ޓޫރިޒަމް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއް ގައެވެ.…