އަށް ސަފީރަކަށް ރުހުން ދޭން މަޖިލީހުން ފާސްކޮށްފި

އަށް ގައުމަކަށް އައްޔަން ކުރަން ނިންމާފައިވާ ސަފީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވާފައިވާ މައްސަލަތައް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު, ސަފީރުކަމަށް އައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. މި ނަންތައް ކޮމިޓީން ފާސްކުރީ މި މަހުގެ 23 ގައެވެ. މަޖިލީހުން ވަކިވަކިން އެހިން ވޯޓުގައި މިއަދު ފާސްކޮށްފައިވަނީ ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރަކަށް މއ. ތުޅާގިރި، މަސްއޫދު އިމާދާއި މެލޭޝިއާގެ ސަފީރު ކަމަށް މ. ރުށްފުށި ޑރ. މަރިޔަމް…