އިކޮނޮމިކް މިނިސްޓްރީއާއި ސީޑަބްލިއުއީއައިސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި

ރާއްޖޭގެ އިގްތިސާދީ އަދި މާލީ ދާއިރާ ތަރައްގީކުރުމަށް ކޮމަންވެލްތު އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލް އާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އެކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އިޤްތިޞާދީ ތަފާތުކުރުމުގެ ތަޞައްވުރު ހަގީގަތަކަށް ހެދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް (މެޑްޓް) އާއި ކޮމަންވެލްތް އެންޓަރޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލް (ސީޑަބްލިއުއީއައިސީ)…