ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ވަކީލު ޑރ. މުަހައްމަދު ޖަމީލާއިއެކު | ފޮޓޯ: މިހާރު

ޔާމީން ރައީސް މުއިއްޒަށް: މިއޮތް ތައުލީމީ ޒަމާނުގައި ރޯލްމޮޑެލްއަކީ"އަބްދުއްރަހީމޭ" ވިދާޅުވީމާ ދެން ތަސައްވަރު ކުރައްވާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރޯލް މޮޑެލްއަކީ އެމަނިކުފާނުގެ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ކަމަށް ވިދާޅުވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑު ވިދާޅުވެއްޖެ އެވެ. ހައިކޯޓު ބޭރުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއޮތް ތައުލީމީ ޒަމާނުގައި "ތިމަންނަގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމޭ ވިދާޅުވާ ހިސާބުން މި ދުރަށް މިދަނީ ކިހާ ހިސާބަކަށްތޯ ތިޔަބޭފުޅުން ތަސައްވަރުކުރައްވާ" އެވެ. އެގޮތަށް ދެކެވަޑައިގަންނަވާ ބޭފުޅަކަށް އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ…