އެމްޑީޕީން ވާދަކުރާ ޣާލިބަކީ މުއިއްޒުގެ އާއިލާ ކުއްޖެއް، އަޅުގަނޑު އޭނާއަށް ތާއީދު ކުރަން: ރައީސް ޔާމީން

އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ކެލާ ދާއިރާއަށް ވާދަކުރައްވާ އަހްމަދު ޣާލިބްއަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ހާމަކުރައްވައިފި އެވެ.  ފުވައްމުލަކަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު މިރޭ ބޭއްވި ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ ޣާލިބަކީ ތައުލީމީ ޒުވާނެއް ކަމަށާއި އޭނާއަކީ "މިކަން ކުރެވޭނެ ކުއްޖެއް" ކަމަށެވެ.  އެމަނިކުފާނަކީ ޒާތީ ތައައްސަބަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި ގައުމީ ބޮޑެތި މަސްލަހަތު…