އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ‘’އޮޕަރޭޝަން ބްލޫ ޓައިޑް” ގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައި އޮޕަރޭޝަން ބްރީފިންގ ދީފިއެވެ. މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއުއެވެ. ރަސްމިއްޔާތު ފައްޓަވައި ދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ދެއްކެވި ވާހަކަފުޅުގައި، މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުލުހުންނާއި މަތިކުރެވިފައިވާ މަސްއޫލިއްޔަތު އަދި…