އެސްޓީއޯ ކޮންސްޓްރަކްޝަންގެ ޒަމާނީ ޝޯރޫމެއް ހުޅުމާލެ އަށް، ހުރިހާ ސާމާނެއް ލިބޭނެ

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ރަސްމީކޮށް މިރޭ ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ. އެ ޝޯރޫމް ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާއެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. އެ ހަފުލާގައި ވާހަކަދައްކަވަމުން ޝިމާދު ވަނީ އެސްޓީއޯގެ ކުރިއެރުމުގައި ކުރީގެ މެނޭޖްމެންޓްތަކާއި ބޯޑު މެމްބަރުންގެ ރޯލް ވަރަށް ބޮޑަށް ފާހަގަކޮށް އެކަމުގެ ޝުކުރު ދަންނަވައިފަ އެވެ. އެ ޝޯރޫމް ހުޅުވާފައި…