މަނަދޫ، މުލި އަދި އަލިފުށީގައި އާ ހޮސްޕިޓަލް ހަދަން އެމްޓީސީސީ އާއި ހަވާލުކޮށްފި

ރ. އަލިފުށި، މަނަދޫ އަދި މުލީގައި އާ ހޮސްޕިޓަލް ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ 498 މިލިއަން ރުފިޔާއަށް ހަވާލުކޮށްފިއެވެ. މުލި ހޮސްޕިޓަލްގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. މަނަދޫ ހޮސްޕިޓަލްގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އަދި ރ. އަލިފުށި ހޮސްޕިޓަލްގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު…