ފެނަކައިގެ ކުރީގެ ވެރިން ހިންގިކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ 25 މައްސަލައެއް އޭސީސީއަށް

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖްމަންޓުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ 25 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީީ)ގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މުއާޒު ވިދާޅުވީ، އެ މަޝްރޫއުތަކުގެ ތެރެއިން 25 މަޝްރޫއެއްގައި ގޯސްކޮށް ކަންތައް ހިންގާފައިވާ ކަމަށް ފާހަގަކުރެވި އެ މަޝްރޫއުތަކުގެ…