ޔުޓިލިޓީ ބިލްތަކުން ޑިސްކައުންޓް ދިނީ އެންމެ ރަނގަޅަށް: ސްޓެލްކޯ

ރޯދަ މަހު ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދެވިފައިވަނީ ރައްޔިތުންނަށް އެންމެ ލުއި ފަސޭހަވާނެ ގޮތަށް އެންމެ ރަނގަޅަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ، ޑިސްކައުންޓު ދެވިފައިވަނީ ވަރަށް ބޮޑަށް ދިރާސާ ކުރެވި އެނަލަސިސް ކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވީ ޑިސްކައުންޓު ދެވުނު ބިލުގައި ރޯދަ މަސް ނޫން ބައެއް ދުވަސްތައް ވެސް ހިމެނޭ ކަމަށާއި އެއީ އެކަން ކުރެވެން އޮތް…