އިންޑިއާއަށް ދޭންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީބިލު ދެއްކުން އިތުރު އަހަރެއް ފަސްކޮށްދީފި

އިންޑިއާއިން ރާއްޖޭގެ ބަޖެޓު ސަޕޯޓަށް ދިން 50 މިލިއަން ޑޮލަރުގެ ޓީބިލު ރާއްޖެއިން އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރު އެއް އަހަރު ފަސްކޮށްދީފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބަޖެޓު ސަޕޯޓަށް ދިން އެ ޓީބިލު ދެއްކުން ފަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމީ މިދިޔަ ހަފުތާ ތެރޭ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެދިވަޑައިގަތުމުން ކަމަށެވެ. އެ ކަން ހާމަކޮށް…