މަސްވެރިންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ “މަސްވެރިންގެ ފޯރަމް” ނިންމާލައިފި
މަސްވެރިންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ "މަސްވެރިންގެ ފޯރަމް" ނިންމާލައިފިއެވެ. މިމަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހަށް ކުރިއަށްގެންދިޔަ މި ފޯރަމްގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި މި ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދުވާފަރުގެ މަސްވެރިންނާއި އެކި ރަށްރަށުގެ މަސްވެރިން މި ފޯރަމްގައި ބައިވެރިވިއެވެ. މި ފޯރަމްގައި 9 އަތޮޅަކުން 47 މަސްވެރިންނާއި 4 މަސް ޕްރޮސެސްކުރާ ކުންފުންޏަކުން ބައިވެރިވިއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މަސްވެރިންގެ ފޯރަމްގެ…
















